ރަނގަޅު ހިދުމަތެއް ދިނުމަކީ އަދަދަކުންވާ ކަމެއް ނޫން ކަމަށާއި އެކަމަށް ބައިބޯ ކުރާކަށްވެސް ނުޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭނެ ގޮތަށް ފަރުމާކުރި ޕޯޓަލް އިފުތިތާހު ކުރުމަށާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އެހެން ވިދާޅުވި އިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުން ގިނަކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.
އެގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.
ރައީސް ވިދާޅުވީ، ރަނގަޅު ހިދުމަތް ދިނުމަށް ގިނަ ބަޔަކު ތިބުމަށްވުރެ ފުރިހަމަ ކުރަންޖެހޭނީ އެ ހިދުމަތް ދޭ ގޮތް ކަމަށެވެ.
”އަދަދު ކުޑަކޮށްގެން ދޭ ހިދުމަތް އެއަށްވުރެ ރަނގަޅަށްވެސް ދެވިދާނެ. އަދަދަކުންވާ ކަމެއް ނޫން މީކީ. ހިދުމަތް ދެވޭ ގޮތް ފުރިހަމަކުރަން މި ޖެހެނީ. ހިދުމަތް ދިނުމުގައި އިހުލާސްތެރިވާން މި ޖެހެނީ. ހިދުމަތް ދިނުމުގައި ތެދުވެރިވާން މި ޖެހެނީ. ހީވާގިވާން މި ޖެހެނީ. އެކަން ކުރާކަށް ބައިބޯކުރާކަށް ނުޖެހޭ،“ ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި
ރައީސްގެ ދުއާއަކީ ދިވެހިންގެ ހިތްތަކުގައި އެއްބައެއްވަންތަކަން އާލާކުރެވި، އެކުވެރިކަން ބަދަހިވުން
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި