މެޑިކަލް ޓެސްޓުތަކުގެ ނަތީޖާ ވަގުތުން ލިބޭ އެސްޑީ ބަޔޯސެންސާ ލެބް އިކުއިޕްމެންޓްތަކެއް ރާއްޖެއަށް ޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ތައާރަފުކޮށްފި އެވެ.
އެސްޓީއޯއިން ލޮނުޒިޔާރަތް ޕާކުގައި ރޭ ބޭއްވި ހަފުލާގައި އާ އިކުއިޕްމެންޓްތައް ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރުނާއެވެ.
އެސްޓީއޯއިން މިއަދު ބުނީ އަލަށް ތައާރަފުކުރި އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއާ ޓެސްޓުތައް ހެދޭނެ ކަމަށާއި އަދި އެ ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން ފެށިގެން ކްލިނިކްތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެއް ކަމަށެވެ.
އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ބަލައިގަންނަ މިންގަނޑުގެ ޓެސްޓުތަކެއް ހަދައި ނަތީޖާ ފޯރުކޮށްދޭ މެޝިންތަކެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
ރޭގެ ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ ހެލްތު މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)، ހޮސްޕިޓަލް އަދި ކްލިނިކްތަކަށް އެ މެޝިންތައް ތަޖުރިބާކުރުމުގެ ފުރުސަތު ދީފަ އެވެ.
އެސްޓީއޯއިން އަލަށް ތައާރަފުކުރި ”އެމް 10“ މެށިނުން ޑެންގޫ ޓެސްޓާއި ޓީބީ ޓެސްޓާއި ފުއްޕާމޭގެ ބަލިތަކާއި އެސްޓީއައި އަދި އެޗްޕީވީ ބައްޔަށް ވެސް ޓެސްޓުކުރެވޭނެ އެވެ. އަދި، އެފް-200 އަދި އެފް-2400 މެޝިނުން ހެދޭ ބައެއް ޓެސްޓްތަކުގެ ތެރޭގައި ތައިރޮއިޑާއި ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތަކާއި ގޮހޮރުގެ ބަލިތަކާއި ވިޓަމިން ޑީ އަދި ބީޓާ އެޗްޗީޖީގެ ޓެސްޓު ހިމެނޭ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ގުޅުންހުރި
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިފި
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ
އެސްޓީއޯ އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހަކުރު ބައްޔާމެދު ހޭލުންތެރި ކުރުވައިފި
ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯގެ ވެއާހައުސް ސޭލް ފަށައިފި
ތިންވަނަ ކުއާޓަރުގައި އެސްޓީއޯގެ ވިޔަފާރިތައް ރަނގަޅުވެ، ސާފު ފައިދާގެ ގޮތުގައި 156
ވިޓޯލްއާ ގުޅިގެން ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ހިދުމަތްދޭނަން: