ރަސްދޫގައި ހަށިވިއްކަމުންދިޔަ ބިދޭސީ އަންހެން ގްރޫޕެއް ހައްޔަރުކޮށްފި

އއ. ރަސްދޫ

އއ. ރަސްދޫގައި ވަގަށް ހިންގަމުންދިޔަ ސްޕާއެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީ އަންހެނުންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ރަސްދޫގެ ގެއެއް ކަމަށްވާ ”ޝާހިލް“ ގޭގައި، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް ހިންގަމުންދިޔަ ސްޕާއެއް ކަމަށްވާ ”ބްލޫ ވެލި ސްލޫން އެންޑް ސްޕާ“ ގައި ބިދޭސީ އަންހެނުން ބޭނުންކޮށްގެން ހަށިވިއްކާ ކަމުގެ މައްސަލައެއް އިއްޔެ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގަ ދަށުން ބްލޫ ވެލި ސެލޫން ބަލައިފާސްކޮށް ހަށިވިއްކާ ކަމުގެ ތުހުމަތުގައި އުމުރުން 42 އަދި 27 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.