ސަރުކާރަށް ނުލިބި ހުރި 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަސައްކަތްތަކެއް ކުރަން ނިންމައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވަނީ، މި އަހަރުގެ މެއި މަހުގެ ނިޔަލަށް އެކި ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާގެ ތަފުސީލުތައް ޝާއިއުކުރައްވައިފަ އެވެ.
އެ އަދަދުތައް ހާމަކުރައްވަމުން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ޓެކްސް އީދާރާ، މީރާގެ ކޮމިޝަނަރު ހާޒިރުކޮށް އެކަމާ މެދު ސުވާލު ކުރައްވާނެ ކަމަށެވެ.
”ނުދައްކާ ހުރި ފައިސާ ހޯދަންޖެހޭ. އެ ނޫން ގޮތެއް ނެތް. އެކަމުގެ އެންމެ ފުނަށް ފީނާނަން،“ ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސް އާއި ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު 7.8 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 7.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ ޖުމުލަ 14.5 ބިލިއަން ރުފިޔާ އެވެ.
އެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެ ގިނައިން ނުލިބި އޮތީ ރިސޯޓްތަކާއި އެހެން ވެސް ބިންތަކުގެ ކުލީގެ ގޮތުގައި ސަރުކާރަށް ނުލިބި ހުރި ފައިސާ އެވެ. އެގޮތުން ބިމު ކުއްޔާއި ސީއެސްއާރުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ނުލިބި އެބަ އޮތެވެ.
އަދި ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ ޖީއެސްޓިގެ ގޮތުގަ އެވެ. ޖީއެސްޓީން 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހެ އެވެ.

26 Comments
ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް