ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާމިދު ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގަ އެވެ. ނިޔާވި ސަބަބެއް އަދި ނޭނގެ އެވެ.
ހާމިދަކީ ކުރީގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު އާއި އޭސީސީގެ ކުރީގެ ރައީސް މުހައްމަދު ޝަފީއުގެ ކޮއްކޮ އެވެ.
އޭނާ ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019ގަ އެވެ. އެ މަނިކުފާނުގެ ވެރިކަން ނިމެންދެން އޭނާ ހުންނެވީ އެ މަގާމުގަ އެވެ.
އިނގިރޭސިވިލާތުން ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާ އޮފް ސައިންސް ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ހާމިދަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ.
ހާމިދު ކުރިން ވަނީ 1998 އިން ފެށިގެން 2007 އާ ހަމައަށް ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

79 Comments
ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް