ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އީރާނަށް މިއަދު ވަޑައިގެންފި އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ނައިބު ރައީސަކު އީރާނަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ރައީސް އޮފީހުން ބުނީ، ނައިބު ރައީސް އީރާނަށް ވަޑައިގަތީ އެ ގައުމުގެ އާ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އީރާންގެ އެއާޕޯޓުން ނައިބު ރައީސަށް މަރުހަބާ ދެންނެވީ އެ ގައުމުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ނައިބު ރައީސް ޑރ. އަލައިއްދީން ބޮރޫޖަރްދީ އެވެ.
ރާއްޖެ އިން އީރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރީ 2 ޖޫން 1975 ގަ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ގައުމާއެކު ގާއިމުކުރި ސިޔާސީ ގުޅުން 17 މެއި 2016 ގައި ރާއްޖެ އިން އިސްވެ ކަނޑާލި އެވެ.
ފޮރިން މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ގުޅުން ކަނޑާލީ އަރަބި ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ އަށް އީރާނުން ހުރަސް އަޅަމުން ދާތީ އެވެ.
އިރާނާ އަލުން ސިޔާސީ ގުޅުން ގާއިމު ކުރީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 10 މާޗު 2023 ގަ އެވެ.

ގުޅުންހުރި
ޒިންމާދާރުކަމެއް ނެތް ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބޭ: ރައީސް
އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި
ޕުޓިން މަގާމުން ވަކިކުރި މިނިސްޓަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދި!
ރައްޔިތުންގެ ނަމުގަ ލޯނު ނަގައިގެން ރަސްމާލެ ހިއްކާކަށް ނުޖެހޭ: އައްބާސް
ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހު