އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އަންހެނަކު ބަރަހަނާކޮށް ހުއްޓައި އެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ފުލުހުން ވަން މައްސަލައެއް ފެންމަތިވުމުން، އެ މައްސަލަ ރިވިއު ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ބުނީ، ޑުރަގުގެ މައްސަލައެއްގައި ހިތަދޫ އެޕާޓްމަންޓެއް އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ކަމަށެވެ. އަދި އެ އެޕާޓްމަންޓަށް ފުލުހުން ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެދުމުންވެސް ދޮރު ނުހުޅުވުމުން އެޕާޓްމަންޓަށް ފުލުހުން ވަދެފައިވަނީ ބާރުގެ ބޭނުންކޮށް ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށް ބުންޏެވެ.
ފުލުހުން ބުނީ، އެޕާޓްމަންޓުގެ ދެ ކޮޓަރިއެއްގެ ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުންވެސް ދޮރު ނުހުޅުވުމުން ފުލުހުން އެ ކޮޓަރިއަށްވެސް ވަދެފައިވަނީ ތަޅު ހަލާކުކޮށްލައިގެން ކަމަށެވެ.
”އޭގެ ތެރެއިން އެއް ކޮޓަރީގައި ފެން ވަރައިގެން ނުކުމެ ހުރި އަންހެނަކު ހުރުމުން ފުލުހުން ވާނީ ދޮރު ލެއްޕުމަށްފަހު ކޮޓަރިން ނުކުތުމަށް ފުރުސަތު ދީފައި. އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައި ނުވޭ،“ ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އެ އޮޕަރޭޝަންގައި ބާރުގެ ބޭނުންކުރި ގޮތުގެ ރިވިއުއެއް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރާނެ ކަމަށެވެ.

77 Comments
ގުޅުންހުރި
ރަސޫލާއަށް ފުރައްސާރަ ކުރި ރުޝްދީއަށް ހަމަލާދީ އެއް ލޯ ކަނުކޮށްލި މީހާއަށް
65 ގައުމެއްގެ ސިޔާސީ ލީޑަރުން ކައިރީ ޝާހިދު: ރައީސް މުއިއްޒު ގެންދަވަނީ
ފަނޑިޔާރުން ވަކި ކުރި ގޮތް އެމްޑީޕީން ބޭރު ދުނިޔެއަށް ކިޔައިދޭތީ ހަލީލު
ދިވެހި ހައްޖުވެރިން މި މަހު 26 ގައި ފުރަން ފަށާނެ
ރާއްޖޭގައި ގިނަ ދަރިން ނުހޯދަނީ ގެދޮރާއި މާލީ ދަތިކަމުގެ ސަބަބުން: ދިރާސާ
މުސާރަ ނުދޭތީ ޑީބީއެމްގެ ކުރީގެ ސީއީއޯ ހުށަހެޅި މައްސަލަ ބާތިލުކޮށްފި