އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަން، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.
އެމްޑީޕީން މިއަދު ވަނީ މާލެ ދާއިރާ ހިމެނޭހެން ޖުމުލަ 20 ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވައިފަ އެވެ.
މި އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑު ރައީސްގެ މަގާމަށް އާޒިމްއާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އާޒިމް އުޅުއްވަނީ 400 އެއްހާ ވޯޓު ކުރީގަ އެވެ
އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މާލޭގެ ކުރީގެ މޭޔަރު މުހައްމަދު ޝިފާ އިސްތިއުފާ ދެއްވުމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެމްޓީސީސީ އާއި އެމްޑަބްލިޔުއެސްސީ ހިންގެވުމާ ހަވާލުވެ ހުންނެވީ އާޒިމެވެ. އެ މަގާމަށް އޭނާ އައްޔަން ކުރީ އޭރު ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ސްޓޭންޑާ ދެކޮޅަށް އެމްޑީޕީ އަށް ތާއީދު ކުރެއްވުމަށްފަހު އާޒިމް ފަހުން ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އަދިއެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވައި އެ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!