އިންޑިއާގެ ޖަންގަލި ތެރޭގައި ޗޭނު ޖަހާފައި އިން އެމެރިކާ އަންހެނަކު ފެނިއްޖެ އެވެ.
އުމުރުން 50 އަހަރުގެ ލަލީތާ ކާއީ ފެނުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިންޑިއާގެ މަހާރާޝްތްރާ ސްޓޭޓުގައި އޮންނަ ބޯ ޖަންގަލި ތެރޭގައި ގަހަކަށް ޗޭނު ޖަހާފައި އިންދަ އެވެ. ކާއީ ސަލާމަތްކުރީ އެހީއަށް އެދި އޭނާ ހަޅޭއްލަވާ އަޑު އެ ސަރަހައްދުން ދިޔަ ގެރި ބަކަރި ގެންގުޅޭ ބަޔަކަށް އަޑުއިވިގެން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކާއީ ފެނުނުއިރު އޭނާ އިނީ ކާކުކަންވެސް ނޭނގޭ ވަރަށް ހިކި އަނަރޫފަވެފަ އެވެ. ނަމަވެސް އެއީ ކާކުކަން ދެނެގަނެވުނީ އޭނާގެ އަތުގައި ޕާސްޕޯޓުގެ ކޮޕީއަކާއި އިންޑިއާ ރައްޔިތުންގެ އަތުގައި އޮންނަ ކަހަލަ އައިޑީއެއް އޮތުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކާއީއަށް ފަރުވާ ދިން ޑޮކްޓަރުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވާ ގޮތުން އޭނާ މިހާރު ދަނީ ރަނގަޅުވަމުންނެވެ. އަދި މިދިޔަ ހުކުރު ދުވަހު ސައިކޭޓްރިކް ފެސިލިޓީއަކަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
ކާއީ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވާ ގޮތުން، ޖަންގަލި ތެރެއަށް ގެންގޮސް ޗޭނު ޖެހީ އޭނާގެ ފިރިމީހާ އެވެ. އަދި ކާއީ ދިން މައުލޫމާތުގެ މައްޗަށް އޭނާގެ ފިރިމީހާ ހޯދުމުގެ މަސައްކަތް އިންޑިއާގެ ފުލުހުން ދަނީ ކުރަމުންނެވެ.




3 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް