ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ވ. ބޮޑުމޮހޮރާ އިން ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ އެ ތިން މީހުން ހައްޔަރުކުރީ ބޮޑުމޮހޮރާގައި ބަންގުރާ ގެންގުޅެ ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަން ހިންގީ ކޮން ދުވަހަކު ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް ފުލުހުން ވަނީ ހައްޔަރުކުރި މީހުންގެ ވަނަވަރު މިއަދު އާންމުކޮށްފަ އެވެ.
އެއީ މ. ލަކްސް ގާޑަން/ 43 އަހަރުގެ އަހުމަދު އަޝްރަފާއި ގދ. ތިނަދޫ/ ބްލޫހެވަންއާގެ 50 އަހަރުގެ އަމްޖަދު މުހައްމަދު އަދި ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ 53 އަހަރުގެ ނަލިން އިންދިކާ ކޮޑިކާރަ އެވެ.
ބޮޑުމޮހޮރާއަކީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަަބްދުﷲ ޖާބިރަށް ރިސޯޓް ހަދަން ދީފައި އޮންނަ ރަށެކެވެ. އެ ރަށުގައި އޭނާ ދަނީ 100 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަމުންނެވެ.



1 Comment
ގުޅުންހުރި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް