ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްﷲ ލަތީފު ބިން ރާޝީދު އަލް ޒަޔާނީގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރަސްމީ ދަތުރެއްގައި ޒަމީރު ބަހްރެއިނަށް ވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެ ދަތުރުގައި ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ދެ ގައުމުގެ މެދުގައި އެއްބާރުލުން ދެވޭނެ ދާއިރާތައް ދެނެގަތުމަށާއި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޒަމީރުގެ ދަތުރުގެ ތެރެއިން ބަހްރެއިންގެ ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ މިނިސްޓަރާއި އޮއިލް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި އެއްބާރުލުން ދެވޭނެ ދާއިރާތައް ދެނެގަންނާނެ ކަމަށެވެ
ޒަމީރުގެ އަރިހުގައި މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖު އަހުމަދު ނަސީރު، ފޮރިން ސެކްރެޓަރީ ޑރ. ހާލާ ހަމީދު، ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓާ މިޒްނާ ވަހީދެވެ.


1 Comment
ގުޅުންހުރި
މިދިޔަ އަހަރު 5.2 ބިލިއަން ރުފިޔާގެ ލޯނު ނެގި!
ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި އެއްވެސް ކޮޅަކަށް ތާއީދެއް ނުކުރަން: ހަލީލް
ލަންކާގައި ހަމަލާ ދޭން އުޅުނު މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި
އިންޑިއާ ދަތުރަށް ފަހު ހަލީލު ޔޫއޭއީއަށް ފުރާވަޑައިގެންފި
އިންޑިއާއިން ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އޮތްވަައި ހަލީލު އިންޑިއާއަށް!
އިޒްރޭލުގެ ދިފާއީ ވަޒީރު އަގްސާ މިސްކިތައް ވަނުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި