ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން ބުނެފި އެވެ.
ވޭތުވެދިޔަ ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް ވަނީ ބޯކޮށް ވާރޭވެހި ވައިގަދަވެފަ އެވެ.
މެޓް އޮފީހުން މިއަދު ހެނދުނު އާންމުކުރި މޫސުމާބެހޭ ހަބަރުގައި ބުނެފައިވަނީ, ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭގެ އިތުރުން އާންމުވައި އުތުރާއި މެދުރާއްޖެ ތެރޭގައި ގަޑިއަކު 17 މޭލާއި 27 މޭލާދެމެދު އަދި ދެކުނުގައި ގަދިއަކު 13 މޭލާއި 23 މޭލާދެމެދު ބާރުމިނުގައި ހިފަހައްޓާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.
މެޓް އޮފީހުން ބުނީ, ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު ބޮޑުކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ, ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.
ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ގޯސްވާނެތީ, މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެ, ސަލާމަތީ ކަންކަމަށް އިސްކަން ދިނުމަށްވެސް އެދިފައިވެ އެވެ.

ގުޅުންހުރި
ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި
ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި
ފޭސް ދޭއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ