ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓާކޮށް، ރައްޔިތުންނަށް ދިމާވާ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހާއްސަ ޓާސްކް ފޯސްއެއް އުފައްދަވައިފި އެވެ.
ރައީސް މުއިއްޒު ޗެއާ ކުރައްވައި އެ ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
- ހޯމް މިނިސްޓަރު އަލީ އިހުސާން
- އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު
- ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު
- އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
- ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު
- ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް
- ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ
- ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު
ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކަށް ބޯކޮށް ވާރޭ ވެހެމުންދާތީ ރައީސް ވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ، މާދަމާ ސަރުކާރު ބަންދުކުރަން ރައީސް ނިންމެވީ މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތުރުފަތުރުކުރުމާއި ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ލުއި ދިނުމުގެ ގޮތުން ކަމަށެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ގްރީނަށް ޖޫރިމަނާއަކާއެކު ފިޔަވަޅު އަޅައިފި، ވެލެންސިއާއިން ނިންމުން ބަލައެއް ނުގަތް
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި