އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެއް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އައިޖީއެމްއެޗުންނެވެ.
އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ފުލުހުން ހާމަނުކުރި ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.



