މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން ގެންގޮސް، އެ ކައްކައިގެން ކައި ހަދާ ކަމަށް ތުހުމަތުވާ ބިދޭސީއެއް ހޯދަން ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ފަށައިފި އެވެ.
މަގުމަތީގައި އުޅޭ ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ވެލްފެއާ ފޮ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) އަދި ފެލައިން ވެލްފެއާ އޯގަނައިޒޭޝަނުން ގުޅިގެން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަރަފާތް ހޮސެއިން އެވެ. ނަމަވެސް މިހާރު އޭނާ ރާއްޖޭގައި އުޅެމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެފައިވެ އެވެ.
އޭނާގެ ވޯކް ޕާމިޓުގައި ބުނެފައިވާ ގޮތުން އޭނާ ރާއްޖޭގައި އަދާކުރަމުންދަނީ ވެއިޓަރެއްގެ ވަޒީފާ އެވެ.
ޖަމިއްޔާތަކުން ބުނާ ގޮތުގައި އެ ބިދޭސީ މީހާއަކީ މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން ގޮސް، އެ އެއްޗެހި ކައްކައިގެން ކައި އުޅޭ މީހެކެވެ. އަދި އޭނާ ބުޅާމަސް ވެސް ވިއްކާ ކަމަށް ބުނެފައިވެ އެވެ.
އެ ޕޯސްޓު ޖެހުމުން އޭނާ ދަންނަ މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ބިދޭސީ މީހާ އުޅެނީ އޭނާގެ ގޭގައި ކުއްޔަށް ކަމަށާއި އޭނާ އުޅޭ ކޮޓަރިން އަބަދުވެސް ބުޅާ ރޯ އަޑު އިވޭ ކަމަށެވެ. އަދި އެ ބުޅާތަކަށް ފެނާއި ބުޅާ ކާނާ އަޅާފައި ދޮރުމަތީގައި ބަހައްޓާއިރަށް، ބުޅާ ގެންދާ ކަމަށްވެސް ބުނެފައިވެ އެވެ.
އެ ޕޯސްޓުގައި ބިދޭސީ މީހާގެ ކޮޓަރި ތެރެއިން ބޯ ނެތް ބުޅަލެއް ފެނުނު ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން މީޑިއާ އިން ފުލުހުންނާއި އިމިގްރޭޝަން މީޑިއާ ގުރޫޕުގައި ސުވާލު ކުރުމުން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިމިގްރޭޝަނުން މިހާރު ވަނީ އޭނާ އެ އިދާރާއަށް ހާޒިރުކުރުމަށް އަންގައި ނޯޓިސް ނެރެފަ އެވެ. އެ ނޯޓިސްގައި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އޭނާ އެ އިދާރާއަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.


44 Comments
ގުޅުންހުރި
ޕީސީބީގެ ރައީސް ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
މެޒޯ މުހައްމަދުގެ ކަށުނަމާދު މާދަމާގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
މުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް، ދެ މަގެއްގައި ދަނީ ބައްތި
މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު ކުޅެން ހުއްޓައި މަރުވެއްޖެ
މެޒޯ މުހައްމަދު މަރުވެއްޖެ
އެސްއޯއީތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން އަންގައިފި