ކުރިއަށް އޮތް ޓޫރިސްޓް ސީޒަނަށް ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސް އިން ރާއްޖެއަށް މިހާރު ބާއްވަނީ ހަފުތާއަކު 21 ފްލައިޓެވެ.
ގަތަރު އެއާވޭސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ޑިސެމްބަރު 13 އިން ފެށިގެން އެ އެއާލައިނުން ރާއްޖެއަށް ހަފުތާއަކު 28 ފްލައިޓް ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި އެ ދަތުރުތަކަށް ޖަރުމަނާއި އިޓަލީ އަދި ޔޫކޭގެ ދަތުރުވެރިންނަށް މިހާރު ބުކިން ހެއްދޭނެ ކަމަށްވެސް ބުންޏެވެ.
ގަތަރު އެއާވޭސް އިން ވަނީ ކުރިއަށް އޮތް ފިނިމޫސުމަށް ރާއްޖޭގެ އިތުރުން ލަންޑަން، މިއާމީ އަދި ޓޯކިޔޯއަށް ކުރާ ދަތުރުތައްވެސް އިތުރުކުރަން ނިންމައިފަ އެވެ.
ނޮވެމްބަރުން މާޗު މަހާ ދެމެދު ކުރިއަށްދާ ރާއްޖޭގެ ޓޫރިސްޓް ސީޒަނަށް ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރެ އެވެ.
ގުޅުންހުރި
އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި އިންޑިއާގެ ތިން މީހުން ޑީޕޯޓް
ރުފިޔާއިން މުސާރައާއި ސާވިސް ޗާޖު ދޭން ފެށުމުން ނުރުހުން ފާޅުކޮށްފި
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރާނެ ކަމަށް ބެލެވޭ: އެމްއެމްއޭ
އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި އަނެއްކާވެސް މާރާމާރީއެއް، ދިވެއްސަކަށް ހަމަލަދިން
އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވައްދައިފި
އިމްރާން ހާން 14 އަހަރަށް، އަނބިކަނބަލުން 7 އަހަރަށް ޖަލަށް