މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ ސިޓީގެ އައިސް ޕްލާންޓުން މާދަމާ ކޮންމެ މަސް ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރަން ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯއިން މިރޭ ބުނީ އެއީ މަސްވެރިން މަހަށް ދިޔުމަށް ހިތްވަރު ދިނުމުގެ ގޮތުންކުރާ ކަމެއް ކަމަށެވެ. އައިސް ސްޓޮކް ހުސްވަންދެން މަސް ދޯނިތަކަށް އައިސް ދޫކުރާނެ ކަމަށް މިފްކޯއިން ބުންޏެވެ.
ހިލޭ އައިސް ދިނުން ކުރިއަށް ދާނީ މާދަމާގެ ނިޔަލަށް ކަމަށް މިފްކޯއިން ބުންޏެވެ.
އެ ޖުލައި މަހުގައި ބުނެފައިވަނީ މިދުވަސްވަރު މަސްވެރިކަން ދަށްވުމާ ގުޅިގެން، މިފްކޯއަށް ކިރާ މަހުގެ އަދަދު މަދުވެ، ދަޅުމަސް އުފައްދާ މިންވަރު ދަށްވެފައިވާ ކަމަށެވެ. އެހެންވެ މިފްކޯގެ ފިހާރަތަކުން ވަޅޯމަހާއި ރިހާކުރު ފަދަ މަހުގެ އުފެއްދުންތައް ލިބުން ދަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ،
މަސްވެރިންގެ އަތުން މަސް ގަނެގެން މާރުކޭޓުގައި ވިއްކާ ބައެއް މަސްވެރިން ވެސް ބުނަނީ މި ދުވަސްވަރު މަސްވެރިކަން ދަށްކަމުން، ވިއްކާނެ މަސް ލިބުން ދަތި ކަމަށެވެ.


ގުޅުންހުރި
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް މާލޭގައި ބަހާނީ
ކަންނެލި ޕެކިން ފެކްޓްރީ މި އަހަރު ފަށައި އަންނަ އަހަރު މެދުތެރޭގައި
އަމާޒަކީ މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލުން: ރައީސް
މިފްކޯއިން ޝަރީފް ވަކިކޮށް، މަސްވެރިކަމާ ގުޅޭ އެހެން ކުންފުންޏަކަށް ބަދަލުކޮށްފި
މަސްވެރިންގެ މަސައްކަތް ބަލައިގަތުމަކީ ގައުމީ ވާޖިބެއް: ރައީސް
މިފްކޯއިން އަމިއްލަ ކުންފުންޏަށް ދައްކަންޖެހޭ 20 މިލިއަން ރުފިޔާގެ ހުކުމް ބާތިލެއް