އެމެރިކާގެ މަޝްހޫރު މޮޑެލް ހެއިލީ ބީބާ އާއި އޭނާގެ ފިރިމީހާ އަދި ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
ހެއިލީ އާއި ޖަސްޓިންއަށް އިއްޔެ ލިބުނު ކުއްޖާއަށް ކިޔާފައިވަނީ ޖެކް ބްލޫސް ބީބާ އެވެ.
ޖަސްޓިން ވަނީ އޭނާއަށް ލިބުނު ކުއްޖާގެ ފައި ފެންނަ ފޮޓޯ އަކާއެކު ”ވެލްކަމް ހޯމް ޖެކް ބްލޫސް ބީބާ“ ޖަހައި އިންސްޓަގުރާމުގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯއަށް މިހާތަނަށް 15 މިލިއަން ލައިކްސް ލިބިފައިވެ އެވެ.
ޖަސްޓިން އާއި ހެއިލީ ކައިވެނިކުރީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ. އަދި ހެއިލީ އާއި ޖަސްޓިން އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭރު ހެއިލީގެ ބަނޑަށް ހަ މަހެވެ.
ހެއިލީ އޭރު ބުނީ އޭނާ ބަލިވެއިން ވާހަކަވެސް ގިނަ ދުވަސްތަކެއް ވަންދެން ފޮރުވައިގެން އުޅުނީ މީހުން ފާޑުފާޑުގެ އެއްޗެހި ކިޔައި، ދޮގު ވާހަކަތައް ފަތުރާތީ ކަމަށެވެ.
އެހެން ބުނެފައި ވަނިކޮށް ހެއިލީ އާއި ބީބާ ވަރިވާން އުޅޭ ކަމަށްވެސް ވާހަކަތަކެއް ފެތުރުނެވެ. ނަމަވެސް ހެއިލީ ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެ ވާހަކަތައް އިވިފައި ވަރަށް ދެރަވި ކަމަށްވެސް ބުނެފައިވެ އެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!