ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދެއްވާފައިވާތީ އެ ހަތަރު މެންބަރުން މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ބަޔާންކޮށްފައިވަނީ ޓެކްސް ޓްރައިބިއުނަލަށް މެންބަރުން އައްޔަންކޮށް، ވަކިކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރި މެންބަރުން:
- މުހައްމަދު މުނައްވަރު އަލީ – ރައީސް
- ހުސައިން ޒައިދާން ޖަލީލް – ނައިބު ރައީސް
- އަހުމަދު އަޝްރަފް – މެންބަރު
- ހަދީޖާ ނައީމް – މެންބަރު
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އެ މެންބަރުން ވަކިކުރަން ރައީސަށް ލަފާ ދޭން މަޖިލީހުން މި މަހުގެ 19 ވަނަ ދުވަހު ފާސްކުރީ، އެ ހަތަރު މެންބަރުންނަށް ތުހުމަތުކޮށް ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްމާއިލް ސާޖިދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅި މައްސަލައެއް ޖުޑިޝަރީ ކޮމިޓީން ބެލުމަށްފަހު އެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ކޮމިޓީން މައްސަލަ ބެލީ ބައްދަލުވުންތައް ސިއްރު ކޮށްގެންނެވެ. ކޮމިޓީން ވަނީ އެ މައްސަލަތަކާ ގުޅިގެން އެ ޓްރައިބިއުނަލްގެ ވަކިވަކި މެންބަރުންނާއި ރެޖިސްޓްރާ އަބްދުﷲ ހިލްމީއާއި ބައްދަލު ކުރައްވައި އަދި އެތަނަށް ކޮމެޓީގެ މެމްބަރުން ޒިޔާރަތްކޮށް، ހާލަތު ބައްލަވައިފަ އެވެ.
އެއަށްފަހު ޖުޑީޝަރީ ކޮމިޓީން ވަނީ ކޮމިޓީން ފާސްކޮށް ރެކޮމެންޑޭޝަންތަކެއް ހިމަނައި، ކަމާބެހޭ ރިޕޯޓެއް މަޖިލިސް ތަޅުމަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި މައްސަލަ ހުށަހެޅި މެންބަރު ފިޔަވައި އަނެއް ހަތަރު މެންބަރުން ވަކިކުރުމުގެ އިތުރަށް ފާހަގަކުރި ކަންކަމަކީ:
- ޓްރައިބިއުނަލް ބައެއް މެންބަރުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވޭތީ، ތަހުގީގު ކުރުމަށް އޭސީސީއަށް ހުށަހެޅުން
- ޓްރައިބިއުނަލް ހިންގާ އިމާރާތަކީ އެކަމަށް ބޭނުންވާވަރަށްވުރެ ބޮޑު އިމާރާތަކަށްވާތީ، ދައުލަތަށް މާލީ ބުރަ ކުޑަކުރަން ހުށަހެޅުން
- ޓްރައިބިއުނަލްގެ މައްސަލަތަކުގެ ބެންޗާއި ބެންޗްގެ ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮތް އޮތުން ބަދަލުކޮށް، ގަވައިދު އިސްލާހު ކުރުން




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި