އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަ, އަވަސް އަދި ރައްކާތެރިކޮށް ފައިސާ ފޮނުވުމަށް ތައާރަފު ކުރި ’ފަވަރަ‘ ހިދުމަތަށް އިއްޔެ އަހަރެއް ވީއިރު އެއް ބޭންކުން އަނެއް ބޭންކަށް 15 ބިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
މަރުކަޒީ ބޭންކް, އެމްއެމްއޭ އިން ފަވަރަ ހިދުމަތް ތައާރަފު ކުރީ މިދިޔަ އަހަރުގެ 26 އޮގަސްޓް ގައެވެ. އެ ހިދުމަތް ފަސް ބޭންކެއް މެދުވެރިކޮށް މިހާރު ލިބެ އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, ފަވަރަ ހިދުމަތަށް އެއް އަހަރުވީއިރު ފަސް މިލިއަން މުއާމަލާތް މެދުވެރިކޮށް 15 ބިލިއަން ރުފިޔާގެ ފައިސާ ފޮނުވާފައިވެ އެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ހަތް މިލިއަން މުއާމަލާތަށް ރިކުއެސްޓް ކޮށްފައިވާއިރު, އެ ރިކުއެސްޓްތައް މެދުވެރިކޮށް 16 ބިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ފަވަރަ ހިދުމަތް ލިބޭ ބޭންކުތަކަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް), މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ), ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި), މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަދި ބޭންކް އޮފް ސިލޯން (ބީއޯސީ) އެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
ވަކިކުރީ ގާނޫނީ ހަމަތަކުން ބޭރުން، އަބުރު ކަތިލުމުގެ ބޭނުމެއް ނެތް: ސާޖިދު
ހިދުމަތް ފެށުމަށް ޑިވެލޮޕްމަންޓް ބޭންކަށް ހުއްދަ ދީފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
އެފްއައިޔޫގެ ވެރިޔާ ސާޖިދު ސަސްޕެންޑުކޮށްފި