ޑުރަގް ޓްރެފިކް ކުރި މީހަކު 100,000 ރ. އިން ޖޫރިމަނާކޮށް, އުމުރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލަށް ލާން ހުކުމްކުރީ ބ. މާޅޮސް/ ފިނިފެންމާގެ, ހަސަން އާމިރެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކުރީ އޭނާ ދުއްވާ ލޯންޗަކުން ޑުރަގް ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭ އެއް ނަންބަރު ފާލަން ކައިރިން އޭނާ އަތުލައިގަނެ, އޭނާގެ ފަޓުލޫނާއި ލޯންޗުން ޑުރަގް ފެނުނު މައްސަލައިގަ އެވެ.
ނަމަވެސް އާމިރު ވަނީ އޭނާގެ ޖީބުން ފެނުނު ޑުރަގަކީ ސައިކަލުގައި ދިޔަ ދެ މީހަކު އޭނާގެ ޖީބަށްލީ ތަކެތި ކަމަށާއި އެ ތަކެތި އޭނާގެ ޖީބަށް ލީކަންވެސް އެނގުނީ ފުލުހުން އެ ތަކެތި ނެގުމުން ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފަ އެވެ.
އޭނާގެ މައްޗަށް ކުށް ސާބިތު ވުމުން ކުށުގެ އުގޫބާތެއްގެ ގޮތުން އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިަނާކުރުމަށް ހުކުމްކޮށް މިފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފަ އެވެ.




ގުޅުންހުރި
ރިސޯޓު މުވައްޒަފުންނަށް ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސާނަން: ރައީސް
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ
ތަކުރާރުކޮށް ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަނީ
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ
މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް،