ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ އޭރުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެޑައިނުގަތުމުން އެ މަނިކުފާނު މިނިވަން ކުރެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީން ނަންފުޅާއި ފޮޓޯ ވިއްކައިގެން އަދި ހުސް ގޮނޑިއެއް ދައްކައިގެން ކަމަށް ޔާމީންގެ ސަޕޯޓަރުން ގެންދަނީ ބުނަމުންނެވެ.
”ސަންގު ޓީވީ“ އަށް ރޭ ދެއްވި އިންޓަވިއެއްގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޔާމީނަށް ހާއްސަ ކޮށްގެން ހުސްގޮނޑިއެއް ބެހެއްޓީ އެ މަނިކުފާނަށް އިހުތިރާމު ކުރައްވާތީ ކަމަށެވެ.
”އަޅުގަނޑުމެން ރައީސް ޔާމީން މިނިވަންކުރަން މަސައްކަތް ކުރީ އެ މަނިކުފާނު މިނިވަންނުވީ. ދެން އެ މަނިކުފާނު މިނިވަން ކުރުމަށްޓަކާ ދެން އަޅުގަނޑު ކުރިމަތިލީ. އަޅުގަނޑު މަސައްކަތް ކުރަމުން ދިޔައީ އަޅުގަނޑުމެންނަށް ވެރިކަން ރައްޔިތުން ހަވާލުކުރޭތޯ ކެމްޕޭން ކުރަމުން ދިޔައީ. ހަވާލުކޮށްފިއްޔާ ދިވެހީންގެ ރާއްޖެއެއް ގާއިމުކޮށް ޖުޑީޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓުމަކަށް ގެންނަން. ޖުޑިޝަރީއަށް ނުފޫޒުން ފޯރުވުން ހުއްޓުމަކަށް ގެނައިމަ އަޅުގަނޑު ގަބޫލުކުރަމުން އައީ ހަމަ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިި އޮތީ ނުރަނގަޅު ހުކުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރާތީ އެ މަނިކުފާނު މިނިވަންވާނެ ކަމަށް. އެ ވާހަކަ ދައްކަމުން ދިޔައީ. އެ މަނިކުފާނުގެ ހައްގު މަގާމުގައި، އަޅުގަނޑުމެން އެ ގޮނޑި އެ މަނިކުފާނަށް ރެސްޕެކްޓް ކުރާތީ ބަހައްޓަމުން އަންނަނީ“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޔާމީނަށް އަބަދުވެސް ގަދަރުކުރައްވާ ކަމަށާއި ޔާމީން ޖަލުން މިނިވަންކުރުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވީ ވެސް އެ މަނިކުފާނު ޔާމީން ޖަލުން މިނިވަންކޮށް، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހޯއްދައިދެއްވުމަށް ކަމަށެވެ. އެ ނޫން އެއްވެސް ނިޔަތެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ