ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެންގި އެންގުތައް ތަންފީޒުކުރަން ނިންމި އެންމެ ފުރަތަމަ އެއް ކުންފުންޏަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ވެއްޖެ އެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު މިއަދު ވަނީ އޭނާ ސޮއިކުރައްވައި އެ ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށާއި މުވައްޒަފުންނަށް މެމޯއެއް ފޮނުއްވައިފަ އެވެ.
އެ މެމޯގައި ބުނެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ދައުލަތުގެ ހަރަދުތައް ހަމަމަގަށް އެޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެއްބާރުން ދިނުމުގެ ގޮތުން އެ ކުންފުނީގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ
އެގޮތުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތަކަކީ:
- ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން
- ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުން
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށްވުރެ ދިގުނުވާ ނަމަ ފަސްޓް ކުލާހުގައި ދަތުރުނުކުރުން
- ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
މުވައްޒަފުންގެ ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތައް:
- ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން އެ މަގާމުތަކަށް ނުނެގުން
- ޕީސީބީގެ ހުއްދައާއި އެކުގައި މެނުވީ މުވައްޒަފުންނަށް ޕްރޮމޯޝަން ނުދިނުން
- ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުން
އެހެން ހަރަދުތައް ކުޑަކުރުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ، އެކަންކޮށް ކަރަންޓުގެ ހަރަދު ކުޑަކުރުމާއި ރަސްމިއްޔާތުތަކުގެ ބިލެތްމީރުކޮށްލުމަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުމަށާއި ސީއެސްއާރު އަދި ސްޕޮންސާޝިޕަށްކުރާ ހަރަދުތައް މަދުކުރުން ހިމެނެ އެވެ.
2 Comments
ގުޅުންހުރި
މާލެ-ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއުގެ 65 ޕަސެންޓް ނިމިއްޖެ
ރާއްޖޭގައި ކުށްކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާކުރާ 30 ކުންފުންޏެއް!
އެސްއޯއީތަކުން ބޯނަސް ދިނުމަށާއި ލޯނު ނެގުމަށް ފިނޭންސުން ހުއްދަ ހޯދަންޖެހޭ ގޮތަށް
މިފްކޯއިން ޝަރީފް ވަކިކޮށް، މަސްވެރިކަމާ ގުޅޭ އެހެން ކުންފުންޏަކަށް ބަދަލުކޮށްފި
ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ ތަނަވަސްކަން މޫކޭގައި އެބަހުރި: ޕޮލިސް އިންޓެލް
އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯމް ވޯޓޯ ނެޓްވޯކް އަޕްގްރޭޑްކޮށް ނިމިއްޖެ: އާރްޑީސީ