އޮކްޓޯބަރ 11, 2024

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިން އަތުން ފައިސާ ނުނަގަން ސްކޫލްތަކަށް އަންގައިފި

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި ސާކިއުލާގައި ވަނީ، މިއަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރަން ދަރިވަރުންނާއި ބެލެނިވެރިން އަތުން ފައިސާ ނުނަގަން ވަނީ އަންގާފައެވެ.

އަގުބޮޑު ހަފްލާތަކަށް ވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސްތައް ފާހަގަކުރުމާއި، ޓީޗަރުންގެ ދުވަސް އޮކްޓޯބަރު މަހުގެ 6 އިން 10 އާ ދެމެދު ފާހަގަ ކުރުމާއި ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އެއް ދުވަހެއްގެ ތެރޭގައި ގެންދިއުމަށް ވެސް މިއަދު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް މިނިސްޓްރީން ފޮނުވި ސާރކިޔުލާގައިވަނީ ބުނެފައެވެ.

މީގެއިތުރުން ދުވަހުގެ ހަރަކާތްތައް ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުކުރުމާއި ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގު ނުކުރުމާއި ރަށުން ބޭރުގައި ހަރަކާތްތައް ނުބޭއްވުމަށް ވެސް ވަނީ އަންގާފައިވެ އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ފާހަގަކުރާ ޓީޗަރުންގެ ދުވަސް ސްކޫލުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުންދާއިރު، އެފަދަ ދުވަސްތައް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ގިނައަދަދެއްގެ ފައިސާ ނަގާކަމުގެ ޝަކުވާ ބެލެނިވެރިންގެންދަނީ ކުރަމުންނެވެ.

1 Comment

  • Aishath Niyaza Adam ސެޕްޓެމްބަރ 17, 2024

    Kuriakunves nunagaa

Leave a Reply