އަލިފާން ރޯވެ ތަކެތި ހަލާކުވެދާނެތީ ބިރުގަނޭތަ؟ ތަކެތި ވަގަށް ގެންގޮސް ދާނެތީ ކަންބޮޑުވޭދޯ؟

ފުލުހުންގެ ރެކޯޑްތައް ބަލާއިރު މި އަހަރުގެ މިހާތަނަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. މާލެއާއި ހުޅުމާލޭގައި އަލިފާނުގެ ގިނަ ހާދިސާތަކެއް މި ފަހުން ހިނގާފައިވާއިރު، މިފަހުން ކުރި ވިއްސާރައިގެ ސަބަބުން އެތައް ގެއެއްގެ ހިފައި ގެންގުޅޭ ސާމާނު ހަލާކުވެގެން ރިޕޯޓްކޮށްފައިވެ އެވެ. މިއިން ކޮންމެ ހާދިސާއަކީ ގެއްލުން ބޮޑު ހިތާމަވެރި ހާދިސާތަކެކެވެ. އެކަމަކުން އަރައިގަންނަން އުދަނގޫ ކަންކަމެވެ. އެއީ ކޮންމެ ހާދިސާއަކުން އަގުބޮޑު އެތައް އެއްޗެއް ގެއްލިގެން ދިއުމެވެ.

މި ކަންބޮޑުވުމުގެ ހައްލަކަށް އެލައިޑުން ތައްޔާރުކޮށްފައިވަނީ ’ހޯމް ކޮންޓެންޓް ތަކާފުލް‘ އެވެ.

މިއީ ގޭބިސީގައި ހިފައި ގެންގުޅޭ ސާމާނާއި ފިކްސްޗާސް އަދި ފިޓިންގްސްގެ އިތުރުން އަމިއްލަ ތަކެތީގެ ތެރެއިން ތިބޭފުޅުންގެ މިލްކިއްޔާތުގައިވާ ނުވަތަ ގާނޫނީގޮތުން ޒިންމާވާންޖެހޭ ތަކެއްޗަށް ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ.

މި ޕްލޭނުން ކަވަރު ކުރަނީ ކޮން އެއްޗެއް؟

އެލައިޑް ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭނުން މި ކަންކަމަށް ދިމާވާ ކުއްލި ނުރައްކާތަކުން މާލީ ރައްކާތެރިކަން ފޯރުކޮށްދެއެވެ:

  • ތިބޭފުޅުންގެ މިލްކިއްޔާތުގައިވާ (ނުވަތަ ގާނޫނީގޮތުން ޒިންމާވާންޖެހޭ) ގޭބިސީގެ ހިފާ ގެންގުޅޭ ތަކެތި
  • ތިބޭފުޅުންގެ މިލްކިއްޔާތުގައިވާ (ނުވަތަ ޒިންމާވާންޖެހޭ) ހަރުކޮށްފައި ހުންނަ ތަކެތި (ފިކްސްޗަސް އެންޑް ފިޓިންގްސް)، މީގެ ތެރޭގައި ކުއްޔަށްދޭ ފަރާތުގެ ތަކެތި ނުހިމެނޭނެއެވެ.
  • ތިބޭފުޅުންނަކީ ގޭގެ ކުއްޔަށް އުޅޭ ފަރާތް ކަމުގައިވާނަމަ، ނުވަތަ ވެރިފަރާތް ކަމުގައި ވީނަމަވެސް މުޅި އިމާރާތް ކަވަރުކުރުމުގެ ޒިންމާ ނަގަން ނުޖެހޭ ފަރާތެއް ނަމަ، ތިބޭފުޅުންގެ މިލްކިއްޔާތުގައިވާ ގޭގެ އެތެރޭގެ ޒީނަތްތެރިކަމަށް ބޭނުންކުރާ ތަކެތި

ކަވަރު ކުރެވޭ ބައެއް ކަންތައްތައް:

  • އަލިފާން ރޯވުން، އެއްޗެއް ގޮވުން، ހޮނުއެޅުން، ބިންހެލުން ފަދަ ކާރިސާއެއް
  • ދުމުގެ އަސަރުކުރުން
  • ތޫފާނާއި ފެންބޮޑުވުން
  • ހަމަނުޖެހުން، އާންމު މަސްލަހަތު ގެއްލުން، ހަޅުތާލު، މަސައްކަތްތެރިންގެ ނުވަތަ ސިޔާސީ ހަލަބޮލިކަން
  • އުޅަނދުފަހަރުން ޖެހި ހިނގާ އެކްސިޑެންޓް
  • ފެން ތާނގީ، ހޮޅި، ނުވަތަ ފެން ދައުރުކުރާ ނިޒާމަކުން ނުވަތަ ހަރުކޮށްފައިވާ ހޫނުކުރާ ނިޒާމަކުން ފެން ލީކުވުން
  • ވައްކަމުގެ ސަބަބުން ލިބޭ ގެއްލުން، ނުވަތަ އޮޅުވާލައިގެން ވަދެ ހިންގާ މިފަދަ އަމަލުތައް
  • އިމާރާތް ހުރި ބިންގަނޑު ދަމައިގަތުން ނުވަތަ އުފުލުން ނުވަތަ ބިންގަނޑު ކަނޑައިގެން ދިއުން
  • ގަސް ވެއްޓުން ނުވަތަ ގަހުގެ ބައެއް ވެއްޓުން

ކްލެއިމް ކުރާނެ ގޮތް

ހާދިސާއެއް ހިނގުމާއެކު ލަސްނުކޮށް ތަކަފުލް އޮޕަރޭޓަރަށް އަންގަންވާނެ އެވެ. އަންގާނީ:

  • ކަސްޓަމާ ކެއާ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅައިގެން
  • އީމެއިލުންނަމަ generalclaims@allied.mv
  • މައި އެލައިޑް (MyAllied) ޕޯޓަލް މެދުވެރިކޮށް

މުހިންމު އިރުޝާދުތައް

ލިބޭ ގެއްލުން ކުޑަކުރުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި އަލިފާނުގެ ހާދިސާއެއް، ތިންވަނަ ފަރާތެއް ހިމެނޭ އެކްސިޑެންޓެއް، ވައްކަމެއް ނުވަތަ ގަސްދުގައި ދީފައިވާ ގެއްލުމެއްގެ ކްލެއިމް ހުށަހަޅާއިރު، ވީ އެންމެ އަވަހަކަށް ފުލުހުންނަށް އަންގައި ޕޮލިސް ރިޕޯޓް ހައްދަންވާނެ އެވެ.