ވިލިމާލޭގައި ފުލުހުން ހިންގި ޑުރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހައިފި އެވެ.
ވިލިމާލޭގައި ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އިސްމާއިލް ޖުމައިހް (ޖުމޭ)، އަހުމަދު އަޒްމީލު (އަޒޭ) އަދި މުހައްމަދު ވިޝާލް (ރޯމަން)ގެ އިތުރުން އަޒޭގެ ކޮއްކޮ، ޝާހިލް މުހައްމަދު އެވެ.
ފުލުހުން ބުނީ، އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.


