އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނާއި ސެކިއުރިޓީ ކައުންސިލުގެ ހާއްސަ ބަހުސެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އދ. ގެ އާންމު މަޖިލީހުގެ ފުރަތަމަ ސެޝަން ކަމަށެވެ.
”ޔޫއެން ސެކިއުރިޓީ ކައުންސިލުގެ ހާއްސަ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައި. މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ޔޫއެން ސެކިއުރިޓީ ކައުންސިލް ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު,“ ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ އެ ސެޝަންގައި ވާހަކަފުޅު ދެއްކެވުމުގެ އިތުރުން އާންމު މަޖިލީހުގެ ހަވާސާއިގައި ބާއްވާ ސަމިޓް އޮފް ދަ ފިއުޗާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެމެރިކާއަށް ކުރައްވާ ދަތުރުގައި ނިއު ޖާޒީގައި ހުންނަ އައިވީ ލީގުގެ ޔުނިވާސިޓީއެއް ކަމަށްވާ ޕްރިންސްޓަން ޔުނިވާސިޓީގައި ވެސް ރައީސް ތަގުރީރު ކުރައްވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

1 Comment
ގުޅުންހުރި
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ