ސެޕްޓެމްބަރ 21, 2024

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލު ދެއްކުން ފަސްކޮށްދީފި

ރާއްޖެއިން، އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލު ދެއްކުމުގެ މުއްދަތު އެއް އަހަރަށް ފަސްކޮށްދީފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފައެވެ.

އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން މިދިޔަ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ މޭ މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު ދަންމާލި އެވެ. ނަމަވެސް ތިން ވަނަ ޓީ ބިލް ދެއްކުމުގެ މުއްދަތު މި މަހު ހަމަވެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާއިން ވަނީ ތިންވަނަ ޓީ ބިލްގައި ހިމެނޭ 50 މިލިއަން ޑޮލަރު ވެސް އަނބުރާ ދެއްކުމަށް ދިވެހި ސަރުކާރަށް އިތުރު އެއް އަހަރު ދޭން ނިންމައިފައި ކަމަށެވެ.

”ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ. މިއީ މި އަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށް ވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާ ކޮށްފަ އެވެ،،،“ ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާއިން ތިންވަނަ ޓީ ބިލް ދެއްކުމުގެ މުއްދަތު ފަސްކޮށްދިނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިދިޔަ މޭ މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ކުރެއްވި މަޝްވަރާތަކާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މަޝްވަރާތަކުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.

”ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރަމެވެ. އަދި މި އެހީތެރކަން ލިބިގެން މިދިޔައީ އިގުތިސާ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ،“ ފޮރިން މިނިސްޓްރީން ބުންޏެވެ.

7 Comments

  • Reitte Richie ސެޕްޓެމްބަރ 19, 2024

    Indian out 🫣🫣

  • Abdulla Amir ސެޕްޓެމްބަރ 19, 2024

    Aharumen midhany dhuahun dhuahha dhakkan jehey echehi dhakka halaas kuramun. Muizz salhivaane

    • Dhuā ސެޕްޓެމްބަރ 19, 2024

      Abdulla Amir thage kulheege sarukaarun gaumaai ineee 🙄

    • Abdulla Amir ސެޕްޓެމްބަރ 19, 2024

      Dhuā bidi hedheny adhiyes thaanki kamah ohfehe bo galhau

    • Dhuā ސެޕްޓެމްބަރ 19, 2024

      Abdulla Amir adhi dhaure bondo bai othy kithemmi viyena ni2 mdp Dhandemocrats fikure meehun veydenas thanah fadalaai as dhauru nimmaanei 2028 libey lekah raiyyithun russagen balagen hinnasheee 🤫🤣

    • Abdulla Amir ސެޕްޓެމްބަރ 19, 2024

      Dhuā dhauru libigen ekalo bidi nun hedheny. Bolu rodhi kendifa

  • Mohamed Waheed ސެޕްޓެމްބަރ 20, 2024

    India out

Leave a Reply