ހުޅުމާލޭގައި ހަދަން ނިންމާފައިވާ ޕާކިން އިމާރާތްތަކުން ޕާކިން ސްލޮޓް ވިއްކާނެ ކަމަށާއި އެ ސްލޮޓަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ވަނީ މިދިޔަ އޮގަސްޓު މަހު ހުޅުވާލައިފަ އެވެ.
އެ އިމާރާތްތަކާ ގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީ އާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަމީން ވިދާޅުވީ ޕާކިން އިމާރާތްތަކުން ސްލޮޓް ވިއްކާނީ ދާއިމީކޮށް ކަމަށާއި އެ ތަނަށް ވެހިކަލް ރަޖިސްޓްރީވެސް ކުރެވޭނެ ކަމަށެވެ.
”މި ބިލްޑިންގައި ގާނޫނުގައި އޮންނަ ގޮތަށް ވެހިކަލް ރެޖިސްޓްރީ ކުރެވޭނެ. ވަރަށް ބޮޑު މައްސަލައެއް ގަރާޖު ސިޓީ މައްސަލައަކީ. މިއާއެކު އެކަމަށްވެސް ބޮޑު ހައްލެއް ލިބޭނެ. އެ ސްލޮޓަށް ގަރާޖު ސިޓީ ނެގޭނެ،“ އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ޕާކިން ސްލޮޓްތައް ބޭންކު މެދުވެރިކޮށް ނުވަތަ އެއްކޮށް ފައިދާ ދައްކައިގެންވެސް ގަނެވޭނެ ކަމަށެވެ.
އޮޓޮމޭޓެޑް ސިސްޓަމް ތަކާއެކު ހުޅުމާލޭގައި ހަދަން ނިންމާފައިވާ 15 ޕާކިން އިމާރާތުން ޖުމުލަ 4،000 ޕާކިން ޖާގަ ލިބޭއިރު، އެ އިމާރާތުގައި ކުޅިވަރު ކުޅޭނެ ޖާގަތަކާއި ކެފޭ/ރެސްޓޯރެންޓާއި ކޮމާޝަލް އެހެން ބޭނުންތަކަށް ޖާގަ ދޫކުރާނެ އެވެ.




ގުޅުންހުރި
މީހުން ބަދަލުކުރާ ހިރިމަރަދޫގައި 4 މިލިއަންގެ ޕްރޮޖެކްޓެއް, ފާޑުކިޔާތީ ސަރުކާރުން ރައްދު
ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުމެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
އެމްއެންޑީއެފަށް އިތުރު އަސްކަރީ މަތިންދަބޯޓުތައް ހޯދައި, ސައިބާ ވޯފެއާގެ ކެޕޭސިޓީ އިތުރުކުރަނީ