އއ. ތޮއްޑޫ ބަނދަރަށް ވަންނަން ވާދައަށް ދުއްވި ލޯންޗުތަކުގެ މައްސަލައެއް މެރިން ޕޮލިސްއިން ބަލަން ފަށައިފި އެވެ.
މާލެ އިން ފުރައިގެން ތޮއްޑުއަށް ދިޔަ ލޯންޗުތަކެއް އެ ރަށު ބަނދަރަށް ވަންނަން ވާދަޖެހި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯގައި ފެންނަނީ ތޮއްޑު އާއި މާލެއާ ދެމެދު ދަތުރުކުރާ ’ނަސްރު ސްޕީޑް‘ ލޯންޗު ދުވަލި ބާރުކޮށް، ’ރިލެކްސް ގޯލްޑް‘ ނަމަކަށް ކިޔާ ލޯންޗަށްވުރެ ކުރި އަރައިގެން ގޮސް ބަނދަރަށް ވަންނަ މަންޒަރެވެ. އެ ލޯންޗުތަކުގެ ފަހަތުން ”ރަމްޒު ކުއީން“ ލޯންޗް ވެސް ވަންނަތަން ވީޑިއޯ އިން ފެނެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ، ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ 13 އޮގަސްޓް 2024 ގައި އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން މިހާތަނަށް ބެލިބެލިމުން އެނގޭ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.



ގުޅުންހުރި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި