ށ. ފުނަދޫ އެއާޕޯޓަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށް ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން ބުނެފި އެވެ.
މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ފުނަދޫ އެއާޕޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. ދަތުރުތައް މެދުކަނޑާލީ އެހެންވެގެން ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް މޯލްޑިވިއަންގެ ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށެވެ.



