ހައިވޭގައި ކުޑަކުއްޖަކު ލައްވައި މީހަކު ސައިކަލު ދުއްވާ ވީޑިއޯއެއް!

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ކުޑަކުއްޖަކު ލައްވައި މީހަކު ސައިކަލު ދުއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ސްކޫލް ޔުނީފޯމުގައި ހެލްމެޓް އަޅައިގެން އިން ކުއްޖަކު އެއާބްލޭޑް ސައިކަލެއް ދުއްވާ މަންޒަރެވެ. އެ ކުއްޖާގެ ފަހަތުގައި އިން ފިރިހެނަކު ހުންގާނުގެ ވައަތުގައި ހިފަހައްޓައިގެން ހުންނައިރު، އެ ވީޑިއޯގައި ސައިކަލު ނަންބަރުވެސް ރީތިކޮށް ފެނެއެވެ.

ނަމަވެސް އެ ކުއްޖާގެ ފަހަތުގައި އިނީ ކުއްޖާގެ ކާކު ކަމެއް ނޭނގެ އެވެ. އަދި މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް އެ އިދާރާއަކުން ނުބުނެ އެވެ.

މީގެކުރިން ވެސް އެގޮތަށް ކުޑަކުއްޖަކު ލައްވައި، ސައިކަލު ދުއްވި ވީޑިއޯތަކެއް އާންމުވި އެވެ.