ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުން ގަނެފައިވާ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރަން އަންގައި ބައްސާމުގެ މައްޗަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ފުލުހުން ބުނާ ގޮތުން ބައްސާމް، އެ ދެ އެޕާޓްމަންޓް ގަތީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅް ކުލަބުތަކަށް މާލީ ގޮތުން އެހީވުމަށް އެފްއޭއެމްގެ ނަމުގައި ފީފާ އިން ހޯދި 1.9 މިލިއަން ޑޮލަރުންނެވެ.
އެ މައްސަލައިގައި އެ އެޕާޓްމަންޓުތައް ފުލުހުންނާ ހަވާލުކުރަން ހުޅުމާލެ ކޯޓުން ކުރި އަމުރުގައި އޮތީ މި މަހުގެ ހައެއްގެ ކުރިން އެޕާޓްމެންޓްތައް ފުލުހުންނާ ހަވާލުކުރުމަށެވެ. ނަމަވެސް އެޕާޓްމެންޓްތައް ހަވާލުކޮށްފިނަމަ އޭނާ ދަރިންނާއެކު ވަންނާނެ އިތުރު އެހެން ތަނެއް ނުހުންނާނެތީ، އެޕާޓްމެންޓްތައް ހަވާލުކުރުމުގެ ކަންކަން މި މަހުގެ ނިޔަލަށް ފަސްކޮށް ދިނުމަށް ބައްސާމް އެދުނެވެ.
ފުލުހުންވެސް ފުރަތަމަ ނިންމީ ބައްސާމް އެދުނު ގޮތަށް އެޕާޓްމަންޓްތައް ހަވާލުކުރަން ދިން މުއްދަތު އިތުރުކޮށްދިނުމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން މި މަހުގެ އަށްވަނަ ދުވަހު އެޕާޓްމެންޓްތައް ވަނީ އަތުލައިފަ އެވެ.
ފުލުހުން އެޕާޓްމެންޓްތައް އަތުލުމާއި ގުޅިގެން ބައްސާމު ވަނީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ބައްސާމުގެ ފަރާތުން އެ އިސްތިއުނާފީ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައިވަނީ ފުލުހުން ފުލެޓް އަތުލި ދުވަސް ކަަމަށްވާ މި މަހުގެ އަށްވަނަ ދުވަހު އެވެ. އެ މައްސަލަ އާމެދު އަދި ހައިކޯޓުގެ ރަޖިސްޓާ ގޮތެއް ކަނޑައަޅައުއްވާފައެއް ނުވެ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، 14 އޭޕްރިލް 2021 ގައި ފީފާ އިން ހޯދި ފައިސާ ބޭނުންކޮށްގެން ބައްސާމް އެޕާޓްމެންޓުތައް ގަތްއިރު، އެއީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެެއް ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި
ސިނގިރޭޓް ވައްކަން: ހައްޔަރުކުރި 5 ވަނަ މީހާގެ ފޮޓޯ އާންމުކޮށް، ޝަރީއަތް
ބަނގުރަލުގެ ވިޔަފާރިކުރާ ނޭޕާލް ގުރޫޕަކާއި ބަނގުރާ ގެންގުޅުނު ބަންގްލަދޭޝް ގުރޫޕެއް ހައްޔަރުކޮށްފި
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ފޯނަކުން މައުލޫމާތު ލީކެއް ނުވާނެ ކަމަށް
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
ޑުރަގު ވިއްކާ ކަމަށް ތުހުމަތުވާ ޒުވާނެއް ހައްޔަރަށް: އެޕާޓްމަންޓުން ތިން ލައްކަ