މި ސަރުކާޜުގައި ވެރިންގެ އަނގައިގައި ހައްދުޖަހަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ކުޅުދުއްފުށި ސިޓީގައި ފެށި ”ލާމަރުކަޒީ ގުޅުން“ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މި ސަރުކާރަށް ވޯޓު ދިން ބައެއް މީހުން އެ މަނިކުފާނަށް ގުޅުއްވަމުންދާ ކަމަށެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މި ސަރުކާރުން ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ގިނަ ދޮގުތަކެއް ހަދައިފައި ކަމަށާއި މި ސަރުކާރަށް ވޯޓު ދެވުނީ އެ ދޮގުތަކަކީ ހަގީގަތެއް ކަމަށް ބެލެވިގެން ކަމަށެވެ.
”އަޅުގަނޑުގެ ރައްޓިއްސަކު ފޯނުން ގުޅައި ބައްދަލުކޮށް ބުނީ ރިޔާސީ އިންތިހާބުގައި އިބޫއަކަށް ވޯޓެއް ނުދެމޭ. ކިހިނެއްތޯވީ ސުވާލު ކުރުމުން، އޭރު އެމީހުން ދެއްކި ވާހަކަ ހަގީގަތުގައި ވެސް ގަބޫލުކުރެވުނު ކަމަށް ބުނި. ރާއްޖޭގެ މިނިވަންކަން ވެސް ގެއްލެނީ ކަމަށް ގަބޫލު ކުރެވުނީއޭ. މިތަނުގައި ބޭރުގެ ސިފައިން ތިބި ކަމަށް ގަބޫލު ކުރެވިގެންނޭ. އެކަމަކު ތިމަންނައަށް މިއަދު އެނގިއްޖެއޭ އެއީ ދޮގުކަން.“ ސޯލިހު ވިދާޅުވި އެވެ.
”އޭގެ ތެރޭގައި މިހާރު އެތިބީ އަނގަ ހައްދު ޖަހަން ޖެހިފައި ތިބި މީހުންނޭ. މިއީ އެމީހާ އައިސް އަޅުގަނޑު ކައިރީގައި ދެއްކި ވާހަކަ. ނުފޯރާ ފޮތިން ފޫގެޅީމަ ވާ ގޮތް ވެފައޭ އެތިބީ. އުޑަށް ކުޅު ޖެހީމަ ވާ ގޮތް ވެފައޭ އެތިބީ،“
ސޯލިހު ވިދާޅުވީ މި ސަރުކާރުން ވަނީ އެމްޑީޕީގެ ސަރުކާރުން ފެށި ގިނަ ކަންތައްތަކެއް ހުއްޓާލައިފައި ކަމަށެޗެ. އަދި މި މި ސަރުކާރުން ދަނީ ލާމަރުކަޒީގާނޫނުން ރައްޔިތުންނާއި ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ ބާރުތައް އަތުލުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
އެކަން ކުރުމުގެ ގޮތުން ”އެޓޯލްސް މިނިސްޓްރީ“ އުފައްދާފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ބާރުތައް އެގޮތަށް ރައްޔިތުންގެ އަތުން އަތުލުމަށް މަސައްކަތް ކުރަމުންދާނަމަ ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.
މި ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ދޮގު ހެދި ކަމަށާއި އޭރު ވޯޓު ނުދިނީ އިދިކޮޅުން ހެދި ދޮގުތައް ގަބޫލު ކުރެވިގެން ކަމަށް ބުނަމުންދާ ކަމަށެވެ.
3 Comments
ގުޅުންހުރި
ޔާމީން ގެއަށް ބަދަލުކުރީ އެއްވެސް ބޭފުޅަކު އެދިގެނެއް ނޫން: އިބޫ
ބާރުތައް ޖަމާކުރަމުންދަނީ 2028ގެ ރިޔާސީ އިންތިހާބު ފޭރިގަންނަން: ސޯލިހު
ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ދަމަހައްޓަން އާ ހިތްވަރަކާ އެކު މަސައްކަތް ކުރަން
ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ސިޓީ ކައުންސިލަށް ލިބޭ: މޭޔަރު
ބާރުތައް އަތުލަން ރައްޔިތުން ތާއީދެއް ނުކުރާނެ، އެކަމާ ދެކޮޅަށް ތެދުވާނެ: އިބޫ
މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވަރެއް އަދިވެސް އޮތީ އެމްޑީޕީގައި: ޝާހިދު