ރާއްޖެއަށް ޑިޖިޓަލް ކަރަންސީއާއި ކްރިޕްޓޯ ތައާރަފުކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ 15 ޕަސަންޓަކީ ޑިިޖިޓަލް އިކޮނޮމީއަށް ހެދުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް އެމްއެމްއޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
”އެކަމުގެ އަމަލީ މަސައްކަތްތައް އެމްއެމްއޭގެ ގަވަރުނަރު މިހާރު ފަށައިފި. ކްރިޕްޓޯ ކަރަންސީ، ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ގެނައުމަށް އޭގެ ހުރިހާ ގާނޫނީ ކަންތައްތަކަށްވެސް ފަރުވާ ލިބޭ ގޮތަށް ހާއްސަ ގާނޫނު ހަދައިގެން އަދިވެސް ދެން ހުންނަ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިކްސްތަކާ އެއްގޮތަށް ރާއްޖޭގައި ޑިޖިޓަލް ކަރަންސީ ފުޅާކުރުމަށް. މި ކަންކަމަކީ ކިޔަވައިގެން ނުކުންނަ ޒުވާނުން، އެކިއެކި ފަންނުވެރިން ރާއްޖޭގެ އިގުތިސޯދުގައި ހަރަކާތްތެރިވުމަށް ހުރި ފުރުސަތުތައް“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސުގެ ރޮނގުން އެންމެ ކުރިއަރާފައިވާ އެއް ގައުމަކަށް ރާއްޖެ ހެދުމަކީ އަމާޒެއް ކަމަށެވެ.




22 Comments
ގުޅުންހުރި
ދިވެހިބަހުގެ ފޮތްތައް ލިޔާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސައިދެނީ
އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
391 މީހަކާ ސުވާލު ކޮށްގެން ހެދި ސާވޭ: 62 ޕަސެންޓް މީހުން