މިއަންނަ ހޮނިހިރު ދުވަހު ދަރުމަވަންތަ ހޮސްޕިޓަކް ރަސްމީކޮށް ހުޅުވަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިމާރަތްކުރި ދަރަމަވަންތަ ހޮސްޕިޓަލަކީ ހޮހޮޅައެއް ކަަމަށް ބައެއް ފަރާތްތަކުން ވިދާޅުވެ ވާހަކަދައްކަވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ދަނީ އެ ތަނަށް ބޭނުންވާ ހުރިހާ ފެސިލިޓީއެއް ގާއިމުކުރަމުން ކަމަށެވެ.
”ނޮވެމްބަރު 16ގައި އަޅުގަނޑުމެން ޓާޝަރީ ހޮސްޕިޓަލަކަށް ހަދައި އެ ތަނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ގާއިމުކޮށް ދަރުމަވަންތަ ހަގީގީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރިހާ ފެސިލިޓީއެއް ގާއިމުކޮށްފަ ނޮވެމްބަރު 16ގައި އަަޅުގަނޑުމެން ހުޅުވާނަން.“ ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބެޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ދާއިރާއަކީ ސިއްހީ ދާއިރާއަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އަންނަ އަަހަރު ސިއްހީ ދާއިރާއާ ގުޅޭ ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބަޖެޓުގައި ހިމަނައިފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.




14 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް