މި ސަރުކާރުގެ ވެރިންނަށް އެ މަނިކުފާނު ޖަލަށް ލެވިދާނެ ކަމަށް ހީފުޅުކުރެއްވިޔަސް ދެން އެކަމެއް އެގޮތަށް ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުން އެ މަނިކުފާނުގެ ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތު ކުރުމުގެ ގޮތުން ހުށަހަޅައިފައިވާ ހެކިވެރިއެއް ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކި ބަހަށް ބާރުދޭނެ ގަރީނާތަކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންކަމުން މައްސަލަ ބައްލަވާ ފަނޑިޔާރު ގޯހެއް ނުހައްދާ ކަމުގައިވަނީނަމަ ރައީސް ބޭނުންފުޅުވިޔަސް އެ މަނިކުފާނު އަލުން ޖަލަށް ވެއްދޭނެ ގޮތެއް ނޯންނާނެ ކަމަށާއި އިސްތިއުނާފީ ކޯޓުތަކަށް އެ މަނިކުފާނު ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ޖަލަށް ލެވިދާނެ ކަމަށް ހީކުރާ ހީކުރުމަކީ ހަމަ ކުށްހީއެއް. އެއީ ރައީސުލްޖުމްހޫރިއްޔާ އަންގައިގެން އަދި އެކަން ވެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން އިނގޭތޯ،“ ޔާމީން ވިދާޅުވި އެވެ.
ދައުލަތުން ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކޮށްފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވިއްކާފައިވާ ދެ ރަށް ކަމުގައިވާ ވ. އާރަށް، އަދި ރ. ފުއްގިރީގެ މުއާމަލާތުގައި ހިންގި ކަމަށް ތުހުމަތު ކުރާ ހިޔާނާތުގެ މައްސަލައާ ގުޅިގެންނެވެ.
ކުރިމިނަލް ކޯޓުން ވަނީ އާރަށުގެ މައްސަލައާ ގުޅިގެން ޔާމީނަށްކުރި ދައުވާތަށް ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވާލައިފައެވެ.
ޕީއެންއެފުން ބާއްވަމުންދާ ޖަލްސާތަކުގައި ޔާމީން ގެންދަވަނީ ސަރުކާރުގައި އިސްކޮށް ހުންނެވި ބޭފުޅަކު އެ މަނިކުފާނުގެ ޝަރީއަތް ދިގުދަންމާލަން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި ފޯރުވި ބޭފުޅުންގެ ނަންތައް އެނގޭ ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.

71 Comments
ގުޅުންހުރި
ރައީސްގެ ޔޫކޭ ދަތުރުފުޅު: ލިވަޕޫލްގެ ފުޓްބޯޅަ އެކެޑަމީއެއް ރާއްޖޭގައި ހަދަން މަޝްވަރާ
ސިނގިރޭޓު ވިއްކާ ފަރާތްތަކަށް ރައީސް: ތިއީ ކުރާވަރުގެ ކަމެއް ނޫން، އެހެންކަމަކާ
އޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކީ މޮޅު ކުއްޖެއް، އެ ކުދީންނަށް ލޯބިދިނުމަކީ
ލިވަޕޫލް އާއެކު ހިންގާ ކެމްޕެއިން ރަސްމީކޮށް އިއުލާން ކުރުމަށް ރައީސް ޔޫކޭއަށް
ރާއްޖޭގެ މިނިވަންކަން ގާއިމުކުރަން ހިންގާ މަޝްރޫއުތަކުގެ އަގު 100 މިލިއަން ޑޮލަރަށް
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު