ހުޅުމާލޭގައި ކާރެއްގެ ތެރޭގައި ފިރިހެނަކު ރަހީނުކޮށް، އަނިޔާކޮށް ފައިސާއަށް ޑިމާންޑްކުރި މައްސަލައިގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައަކީ ރޭގެ ވަގުތެއްގައި ހުޅުމާލެ އޯކިޑްމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް، ބިރުދައްކައި އަދި އެ މީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރި މައްސަލައެކެވެ.
އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ދަފްތަރު ނަންބަރު ރސ. 9022/ ތަލާލް މޫސާ، (37އ) އެވެ.
ނަމަވެސް ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތޮލާލް އާއެކު ސީނުން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ
- ހދ. ކުމުންދޫ/ ރަތްބަގީޗާގެ، ހުސާމް އިބްރާހިމް (34އ)
- ގ. ކަޅަގާރިމާގެ، ހުސެއިން ހައިކަލް ނިޔާޒު (23އ)
- ހދ. ކުމުންދޫ/ ރަތްބަގީޗާގެ، އާދަމް ޝަރީފު (36އ)
- ހުޅުމާލެ ފްލެޓް ނަންބަރު04-1-71/ އަހުމަދު ރިޝްފާން (26އ)
ފުލުހުން ބުނީ، އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެންމެންވެސް ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.




4 Comments
ގުޅުންހުރި
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެ
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި