ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު އަށް ބިން ވިއްކަން ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މިދިޔަ އޮކްޓޯބަރު މަހުވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް އިތުރު 18 ބިމެއް ބީލަމުގެ އުސޫލުން ވިއްކަން ހުޅުވާލައިފަ އެވެ. އަދި މިދިޔަ އޮގަސްޓް މަހު 16 ބިމެއް ވިއްކަން ހުޅުވާލި އެވެ.
އެޗްޑީސީން މިފަހަރު ވިއްކަން ހުޅުވާލި އަށް ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ ދެ ބިމަކާއި ބީޗް ސައިޑުން ދޫކުރާ ހަ ބިމެކެވެ. އެގޮތުން ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައިވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެކެވެ. އަދި ބީޗް ސައިޑުން ދޫކުރަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،500 ރުފިޔާ އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000 ރުފިޔާ އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅޭނެ އެވެ.
އެޗްޑީސީން ބުނީ، ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލި މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށްވެސް ބީލަން ހުށަހެޅޭނެ ކަމަށެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންޖެހޭނެ ކަމަށް ބުންޏެވެ.

ގުޅުންހުރި
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
މެއިންޓަނެންސް މަސައްކަތަކަށް ހިޔާގެ 4 ޓަވަރަކާއި އެމްޕީއެލްގެ ޓަވަރުތަކުން މާދަމާ ކަރަންޓް
ވަގު ގޯތި މައްސަލަ: އެޗްޑީސީން ފިޔަވަޅު އެޅި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި
އެޗްޑީސީގެ ބޯޑު މެންބަރަކު މަގާމުން ވަކިކޮށްފި
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
އެޗްޑީސީގެ ޗެއާމަނަކަށް ހުންނެވި ނާސިފް 4 މަސް ފަހުން މަގާމުން ވަކިކޮށްފި