ރާއްޖެއާ އިންޑިއާއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ހާއްސަ އަގުގައި އެ ގައުމުން ރާއްޖެއަށް ވިއްކި ހަކުރު ޝިޕްމަންޓެއް ސްރީ ލަންކާއަށް ގެންދިޔަ މައްސަލައެއް ފެންމަތިވުމުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ ޑައިރެކްޓަރަޓް ޖެނެރަލް އޮފް ފޮރިން ޑްރޭޑް (ޑީޖީއެފްޓީ) އަދި ލަންކާގެ ބައެއް އިދާރާތަކުން ބަލަމުންދަނީ އޮކްޓޯބަރު 25، ގައި އެގައުމުން ބޭރު ކުރި 64 ހާސް ޓަނުގެ ހަކުރު ޝިޕްމަންޓެއްގެ މައްސަލައެކެވެ. އެ ޝިޕްމެންޓުން ބައެއް ވަނީ ލަންކާގެ ޕޯޓުން ފެނިފަ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ޝިޕްމަންޓު ކްލިއާ ކުރުން ހުއްޓާލާ ރާއްޖެއަށް ހާއްސަ އަގުގައި ވިއްކި ހަކުރު ގަތީ ލަންކާގެ ކޮން ކުންފުނިތަކަކުންތޯ މިހާރު ދަނީ ބަލަމުންނެވެ.
މި މައްސަލައާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ހަކުރު އެކްސްޕޯޓުކުރުން ހުއްޓާލާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް އެކަން އަދި ކަށަވަރުކުރެވިފައިނުވެ އެވެ.
މި އަހަރު ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް ހާއްސަ ރޭޓުގައި ރާއްޖެއަށް ވިއްކި 80 އަށްވުރެ ގިނަ ހަކުރު ކޮންޓެއިނަރު ވަނީ ލަންކާއަށް ގެންގޮސްފައި އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.




ގުޅުންހުރި
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
”ސިލޯނާއެކު ދިވެހިން“: 29 ގަޑިއިރު ތެރޭ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު