މެދުރާއްޖޭގެ ރަށެއްގައި އުމުރުން 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން 51 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެ ހާދިސާ ހިނގައިފައިވަނީ ސައުތް ސެންޓްރަލް ޕޮލިސްގައި ހިމެނޭ އަތޮޅެއްގެ ރަށެއްގައި ކަމަށެވެ.
ސައުތް ސެންޓްރަލް ޕޮލިސްގައި ހިމެނެނީ މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު އަދި ތ. އަތޮޅު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


