ރައީސް ޑރ. މުހައްމަދު މުއިއްޒު، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާ ހަވާލުކުރައްވައިފި އެވެ.
މިނިސްޓަރު މާރިޔާއާ އެ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރެއްވީ ސިއްހީ ހާލަތު ތަން ނުދޭތީ، ޑރ. އާއިޝަތު ރަމީލާ އެގްރިކަލްޗާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު، ”މެޓަސްޓެޓިސް ސީރަސް ޕަޕިލަރީ ކާސިނޯމާ“އަށް މިނިސްޓަރު ރަމީލާ ފަރުވާ ހޯއްދަވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވެސް ރަމީލާ ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.
މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ކެންސަރަށް ފަރުވާ ހޯއްދެވުމަށް މިނިސްޓަރު ރަމީލާ ރާއްޖެއިން ބޭރަށް ފުރަތަމަ ފުރައިވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ވަނީ އަލުން އޮފީހަށް ނުކުންނަވަން ފައްޓަވައިފައެވެ.
ކެންސަރު ޖެހިވަޑައިގެންފައިވާކަން މިނިސްޓަރު އެންމެ ފުރަތަމަ އާންމު ކުރެއްވީ ވެސް މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މީގެ ކުރިން މިނިސްޓަރު ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ހެލްތު އެންޑް އެންޑް ފެމެލީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ގުޅުންހުރި
ނަޝީދު ސޮއިކުރާ ހަފުލާ ބާއްވަން ތަނެއް ނުދީފި ނަމަ ބާއްވާނީ މުލިއާގޭ
ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގައި އެއް އަހަރުގެ ކުއްޖަކު ޖެހި ފަރުވާއަށް
4000 ފުލެޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
ކުދިންނަށް ޖިންސީގޯނާކޮށް، ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންގެ މައްޗަށް ގްރީން ނޯޓިސް
އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަނީ
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި