ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިއުގައި ބޭނުންކުރާ ޑީޕް ޓްރެކާއަކާއި އުސް އިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށް، ފެންޖެހުމަށް ބޭނުންކުރާ ޑްރޯނެއް ސްޓެލްކޯ އިން އެމްއެންޑީއެފްއަށް މިއަދު ހަދިޔާކޮށްފި އެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑީޕް ޓްރެކާއާއި ޑްރޯން ސްޓެލްކޯގެ ފަރާތުން އެމްއެންޑީއެފްއަށް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، ހުސައިން ފަހުމީ އެވެ. އެމްއެންޑީއެފްގެ ފަރާތުން އެ ވަސީލަތްތަކާ ހަވާލުވެވަޑައިގެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
ސްޓެލްކޯ އިން ބުނީ އެމްއެންޑީއެފްއަށް ހަދިޔާކުރި އަލިފާން ނިއްވުމަށް ބޭނުންކުރެވޭ ޑްރޯންއަކީ ފެން ހޮޅި އާއެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯންއެއް ކަމަށެވެ.
ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާމްއެއްގެ އެހީ އާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ގާބިލުކަން ލިބިފައިވާ ވަސީލަތެއް ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
ރައީސް އޮފީހުގެ މިނިސްޓަރެއްގެ ފެންވަރުގެ މަގާމެއް ފަހުމީއަށް
ލ. އަތޮޅުން ފުރައިގެން ހުވަދޫ އަތޮޅަށް ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަނީ
ސްޓެލްކޯގެ އިންޖިނިއަރުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައި ހާއްސަ ހަފުލާއެއް
ގައުމީ ދުވަހުގެ ޝަރަފްވެރި ހިނގާލުން މާދަމާ ހަވީރު
ކަނޑައެޅި ވަގުތުގެ ކުރިން ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް، ފަހުމީގެ ޝުކުރު މުވައްޒަފުންނަށް