ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވެ، މާލެ ތެރޭގައި ވިޔަފާރިކޮށް، މަގުމަތީގައި ނިދައިހެދި ޓޫރިސްޓަކު އިމިގްރޭޝަނުން އިއްޔެ ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެ އަންހެން މީހާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ، ވިޔަފާރިކޮށް، އެކި ތަންތަނުގައި ނިދާފައި އޮންނަ ކަމަށް އާންމުންގެ ފަރާތްތަކުން ޝަކުވާކުރުމާ ގުޅިގެން ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެއީ، ކުއިޕިން ފެންގު ނަމަކަށް ކިޔާ 33 އަހަރުގެ ޗައިނާ އަންހެނެކެވެ. އެ އަންހެން މީހާއަށް ވާހަކައެއް ނުދެއްކެ އެވެ. އަދި މީހުން ދައްކާ ވާހަކަ އަޑެއް ވެސް ނީވެ އެވެ.
އެ އަންހެން މީހާ މިދިޔަ ހަފުތާ ބަންދުގައި އޭނާ މާލޭގެ ބައެއް ކެފޭ/ރެސްޓޯރެންޓުތަކަށް ވަދެ، ތަޅުދަނޑި ފަތިތަކެއް ވިއްކަން އުޅުނެވެ.



