ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ކުރަން ކަނޑައަޅާފައިވާ ގިނަ މަސައްކަތްތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.
މަޖިލީހުގެ މި ދައުރު ނިންމާލައި ޗުއްޓީއަށް މިއަދު ގޮސްފައިމިވަނީ މި މަހުގެ 15 އަށް ދައުރު ދިގު ދަންމާލުމަށްފަހު އެވެ. މަޖިލިސް ގަވާއިދު ބުނާގޮތުން އަހަރުގެ 3 ވަނަ ދައުރު ނޮވެމްބަރު 30 ގައި ނިމެނޭ އެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ.
ފުރަތަމަ ދައުރު – 1 ފެބްރުއަރީން 15 މޭގެ ނިޔަލަށް
ދެވަނަ ދައުރު – 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް
ތިން ވަނަ ދައުރު – 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށް
ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު އެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހު އެވެ.

ގުޅުންހުރި
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު
މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ މިއަދުވެސް ސިއްރު
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި
އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަނީ
ސުޖާއުގެ ނަމުގައި 9.5 މިލިއަން ރުފިޔާގެ އަގުހުރި ބިމަކާއި 7 މިލިއަން