ކ. ގުރައިދޫގައި ހަތަރު މަހުގެ ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ކުއްޖާ މަރުވި މައްސަލަ މިއަދު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
ނަމަވެސް ފުލުހުން އެފަަދަ މެސެޖެއް މީޑިއާތަކަށް ފޮނުވީ ފުލުހުންގެ މީޑިއާ ގުރޫޕަށް މީހަކު ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ފޭސްބުކްގައި ކޮށްފައިވާ އެ ޕޯސްޓުގައި ބުނެފައިވަނީ އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ރޭ ދަންވަރުގެ ވަގުތެއްގައި ގެއެއް ކައިރީގައި ކަމަށާއި މަރުވެފައި އޮތްއިރު ތުއްތު ކުއްޖާގެ ނޭފަތުން ލޭ އައިސްފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
އަދި ކުއްޖާގެ މަރުގައި ޝައްކު އުފެދޭ ކަމެއް ހުރުމުން މާލެ ގެނެސް ޓެސްޓުތައް ހެދުމަށްފަހު މިހާރު އޮތީ މޯޗަރީގައި ބާއްވާފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ގުޅުންހުރި
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު
ގަން، ކޮލަމާފުށި އަދި ވިލިނގިލީގެ މަގުތައް ތަރައްގީކުރުން ބާރަށް ކުރިއަށް
ފުލުހުންގެ ބަޔާން: އަންނައުނު ބާލުވައިގެން ކޮންމެ މީހެއްގެ ފޮޓޯއެއް ނުނަގާނެ
ކްރިސްޓިއަނުންގެ އެންމެ ބޮޑު ފާދިރީ ޕޯޕް ފްރެންސިސް މަރުވެއްޖެ
ސަރުކާރުގެ މައި ޖަލާއި އިސްލާހީ ރަށް ހަދައިދޭ ބަޔަކަށް ދ. ވާނީ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަފްތާ