ހައުސިން މިނިސްޓްރީގައި ރޯވެ މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތް އެއްކޮށް އަނދައި ހުލިވެގެން ދިއުމަކީ ކުރިމަތިވެވަޑައިގެންނެވި ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދަނގެއްޗަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ، މި ސަރުކާރަށް އެކި ކަހަލަ އަދ އެކި ޒާތްޒާތުގެ ޗެލެންޖުތައް ކުރިމަތިވެވަޑައިގަންނަވާ ކަމަށާއި ބައެއް ކަންކަމަކީ ހިނގާ ހާދިސާތައް ކަމަށެވެ.
އެގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވެ، އަނދައި ހުލިވުމަކީ ކުރިމަތިވެވަޑައިގެންނެވި ޗެލެންޖެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ޗެލެންޖުވެސް ސަރުކާރުން ނެގީ ވަރަށް ވަރުގަދަ ހިތްވަރަކާއެކު ކަމަށެވެ. އެގޮތުން އެ މިނިސްޓްރީތަކުގެ މަސައްކަތްތައް އަމަލީ ގޮތުން އަލުން ދިނުމަށް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ތެދުވެ، ބުރަ މަސައްކަތްތަކެއް ކުރަން ފެށި ކަމަށާއި މާދަމާ ހެނދުނު 8 ޖަހާއިރު އެ ތިން މިނިސްޓްރީގެ ހިދުމަތްވެސް ރައްޔިތުންނަށް ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.
”މިފަދަ ކަމެއް ދިމާވީމަވެސް، މިފަދަ ޗެލެންޖެއް ކުރިމަތިވީމަވެސް، އަޅުގަނޑުމެންގެ ހިތްވަރު ބައްޔެއް ނުވެޔޭ. ހިތްވަރާއެކު ވަރުގަދަ އަޒުމެއްގައި ވަރަށް ސާބިތުކަމާއެކު ކުރިމަތިވާ ކޮންމެ ކަމަކާ ކުރިމަތިލައިގެން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކެރިގެން ކުރިއަށް ދިއުމޭ އެއީއޭ އަޅުގަނޑުގެ އަޒުމަކީ، އެއީއޭ އަޅުގަނޑުމެން މަސައްކަތް ކުރާ ގޮތަކީ. އެއީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަޅުގަނޑުމެން މި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ގޮތަކީވެސް. އެކަމުގެ ނަތީޖާ ފޮނިވާނެ،“ ރައީސް ވިދާޅުވި އެވެ.




14 Comments
ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ