ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ހުރި ރީތި ގިނަ އާދަތަކެއް ސިޔާސީ ދާއިރާ ތަޣައްޔަރުވުމުގެ ސަބަބުން ކިލަނބުވެ، ނެތިދާން ފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އދ. މަހިބަދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ދެ ބާވަތެއްގެ ތަރައްގީއެއް ގައުމަށް ގެންނެވުމަށް ބޭނުންފުޅުވާ ވާހަކަ ރައްޔިތުންނާ ކުރިން ހިއްސާކުރައްވައިފައިވާނެ ކަމަށެވެ. އެއީ އުމްރާނީ ގޮތުން ގެނެވޭ ތަރައްގީއާއި، ނުފެންނަ ފިކުރީ އިންސާނީ ތަރައްގީ ކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އުމްރާނީ ތަރަައްގީ އެކަނި ގެނައުމުން ގައުމަށް އެ އަންނަނީ މާއްދީ ތަރައްގީ ކަމަށާއިނަމަވެސް މާނަވީ ތަރައްގީއެއް ގައުމަށް ގެނެވެނީ އުމްރާނީ ތަރައްގީއާއި ފިކުރީ އިންސަނީ ތަރައްގީ އެކުއެކީގައި ގެނެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ފިކުރީ ތަރައްގީއަކީ މުޖުތަމައުން ނެތެމުންދާ ރިވެތި އަހުލާގުތަކާއި އިސްލާމީ އުސޫލުތައް އަލުން މުޖުތަމައަށް އިއާދަކުރުމުގެ ތަރައްގީ ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ނެތިގެން އެބަދޭ، އަމުދުން މިފަހަކަށް އައިސް ސިޔާސީ މައިދާން ފުޅާވެގެން ގޮސް ތަޣައްޔަރުވެގެންދާ ވަރަކަށް އޭގެ ތެރޭގައި އޭގެ އަވާގައި ޖެހިގެން އަޅުގަނޑުމެންގެ ތެރޭގައި ހުރި ވަރަށް ގިނަ ރީތި އާދަތަަކެއް ގަސްތުގައި ނޫނަސް އެބަގެއްލޭ،“ ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ތެރޭ މި ހުންނަ އިހުތިރާމު ކުރުން، ރީތި ބަހުން ވާހަކަ ދެއްކުން. މިހެން ގޮސް ބައިވަރު ކަންތައް.“
ދުނިޔޭގައި ފެތުރެމުންދާ އޮއިވަރުތައް ރާއްޖެއަށް އަންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންކަމުން ސަލާމަތްވުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތްކޮށްފިނަމަ އެކަމުން ސަލާމަތްވެވޭނެ ކަމަށެވެ. އެފަދަ ކަންކަމުން ސަލާމަތްވެވޭނެ ކަމުގެ މިސާލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ވޭޕުކުރުން މަނާކުރުމެވެ.




11 Comments
ގުޅުންހުރި
ދިވެހީންގެ ގައުމީ ހަޔާތުން ފެންނަ އެންމެ ރީތި އެއް ސިފައަކީ ދިވެހީންގެ
އެކަނިވެރި މައިންގެ އެލަވަންސް 3000 ރުފިޔާއަށް، އެންމެ ގިނަވެގެން ލިބޭނީ 15،000
ރިސޯޓު މުވައްޒަފުންނަށް ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސާނަން: ރައީސް
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ
މާލީ ދާއިރާ ތަރައްގީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފި
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް