ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ މެނޭޖިން ޑިރެކްޓަރަކަށް ފާތިމަތު އާޝާން މިއަދު އައްޔަންކުރައްވައިފި އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ މިފްކޯގެ އެމްޑީގެ މަގާމަށް އާޝާން އައްޔަންކުރެއްވުމުގެ ގޮތުން ވަނީ ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝިމާދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެސްޓީއޯއިން ބުނީ މިއީ އެ ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެއްގެ އެމްޑީގެ މަގާމަށް އަންހެނަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ.
އާޝާން ވަނީ އެސްޓީއޯގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައިވާފަ އެވެ. އެގޮތުން 1994 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އޭނާ ވަނީ އެސްޓީއޯގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވްގެ މަގާމު އަދާކުރައްވާފަ އެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް އޭނާ ވަނީ މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ.
މީގެ އިތުރުނ އޭނާ ވަނީ އެސްޓީއޯގެ ސީނީއާ ޖެނެރަލް މަގާމު ވެސް އަދާކުރައްވައިފަ އެވެ.




ގުޅުންހުރި
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!