ރައީސް ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމުގެ މަގާމަށް އަބްދުލްހަސީބު އިސްމާއީލް ޢައްޔަންކުރައްވައިފި އެވެ.
މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ހަސީބްއާ ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސްގެ ކުރިފުޅުމަތީގައި، އީސީގެ މެންބަރުކަމުގެ ހުވައި، ހަސީބު ކުރެއްވި އެވެ. ހަސީބަށް ހުވާ ލައިދެއްވީ،ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެވެ.
އިލެކްޝަންސް ކޮމިޝަނަށް އާ މެންބަރަކު މިއަދު އައްޔަން ކުރައްވައިފައިވާއިރު އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި, ފުއާދު ތައުފީގުގެ ދައުރު ހަމަވުމުން އޭނާ ވަނީ ރާއްޖޭން ތައިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަން ކުރައްވައިފައެވެ.
އަދި ރައްޔިތުންގެ މަޖިލީހުން މި ފަހުން ވަނީ އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކޮށްފައެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ މަސައްކަތް މަޖިލީހުން މިހާރު އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި